"ސްޓީލިން ޕެރެޑައިސް" ދައްކާފައިވާތީ މީޑިއާނެޓް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ރާއްޖޭގައި ހިންގާފައިވާކަމަށް ބުނާ ކޮރަޕްޝަނާއި ގުޅޭގޮތުން އަލްޖަޒީރާއިން ދެއްކި "ސްޓީލިން ޕެރެޑައިޒް" ރީ ބްރޯޑްކާސްޓުކޮށްފައިވާތީ މީޑިއާ ނެޓް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. ބްރޯޑްކާސްޓިނ...

15 Jun 2017 | 12:32

ރާއްޖޭގައި ހިންގާފައިވާކަމަށް ބުނާ ކޮރަޕްޝަނާއި ގުޅޭގޮތުން އަލްޖަޒީރާއިން ދެއްކި "ސްޓީލިން ޕެރެޑައިޒް" ރީ ބްރޯޑްކާސްޓުކޮށްފައިވާތީ މީޑިއާ ނެޓް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފައިވަނީ މީޑިއާ ނެޓު ޖޫރިމަނާ ކުރީ އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުމުން ކަމަށެވެ. ބްރޯޑްކޮމްއިން ވަނީ މައާފަށް އެދި ބަޔާނެތް ނެރުމަށް ވެސް މީޑިއާ ނެޓަށް އަންގާފައި އެވެ.

"ސްޓީލިން ޕެރެޑައިސް" ޔޫޓިއުބުގައި އާންމު ކުރުމުން އޭރު ބްރޯޑްކޮމްއިން ވަނީ އެ ޑޮކިއުމެންޓްރީ ބްރޯޑްކާސްޓުކޮށް ނުވަތަ ރީ ބްރޯޑުކާސްޓު ކުރުމުގައި ސަމާލުވުމަށް އަންގާފައި އެވެ. އަދި އަބުރުގެ ގާނޫނާއި ބްރޯޑްކާސްޓް ގާނޫނާއި އޭގެ ދަށުން ހަދާފައިވާ ގަވައިދުތަކާއި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު އެއްވެސް އެއްޗެއް ބްރޯޑްކާސްޓް ކޮށް އަދި ރީބްރޯޑްކާސްޓްކުރިކަން ސާބިތުވެއްޖެނަމަ އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

މިއީ އަބުރުގެ ގާނޫނުގެ ދަށުން މީޑިއާ ނެޓު ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވަނީ އަބުރުގެ ގާނޫނާއި ހިލާފުވެގެން ރާއްޖެ ޓީވީ ދެފަހަރު އަދި އެ ޓީވީގައި މަސައްކަތް ކުރި ނޫސްވެރިއަކު އެއް ފަހަރު ޖޫރިމަނާކޮށްފައި އެވެ.

ބްރޯޑްކޮމްގެ މިނިންމުން އިސްތިއުނާފު ކުރުމުގެ ހައްގު މީޑިއާ ނެޓަށް އޮންނާނެ އެވެ. އެކަމަކު އެއީ ޖޫރިމަނާ ފައިސާ ދެއްކުމަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް