މާލެއިން މިއަދު ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފައިވާކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
މިއަދު ހެނދުނު 9:30 ހާއިރު މާލޭގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ. ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވިފައިވަނީ 11:30 ހާއިރު އެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ކޭބަލަކަށް ދިމާވި މައްސަލައަކުން ކަމަށާއި މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. ކަރަންޓު ނެތުމުން ސަރުކާރު އޮފީސްތަކުން ދެމުންދިޔަ ހިދުމަތަތްތަކަށްވެސް ބުރޫއަރައި ހިދުމަތް ދޭން ފަށާފައި ވަނީ ލަހުންނެވެ.
ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދިން ފަހުން ދެތިން ފަހަރު ކަރަންޓު ދިޔަ ކަމަށް މީހުން ބުނެ އެވެ.
މިފަހަކަށް އައިސް މާލޭގައި ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ އިތުރުވެފައި އެވެ.
މިދިޔަ މަހު ފަހުކޮޅުވެސް މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުމުން އަލުން ކަރަންޓު ދޭން ތިން ގަޑިއިރެއްހާއިރު ނެގި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް