ލަންޑަންގެ އިމާރާތުގައި އަލިފާން ރޯވުމުން މީހުން ހޭލެއްވި މުސްލިމުންނަށް ތައުރީފު އޮހެނީ

އިއްޔެރޭ ދަންވަރު އިނިގިރޭސިވިލާތުގެ ލަންޑަންގެ ގްރެންފެލް ޓަވަރުގައި  ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއިން ގިނަ ބަޔަކު ސަލާމަތްވީ މުސްލިމުންގެ ސަބަބުން ކަމަށް ސަލާމަތްވި ބައެއް މީހުން ބުނެފި އެވެ...

15 Jun 2017 | 06:21

އިއްޔެރޭ ދަންވަރު އިނިގިރޭސިވިލާތުގެ ލަންޑަންގެ ގްރެންފެލް ޓަވަރުގައި  ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއިން ގިނަ ބަޔަކު ސަލާމަތްވީ މުސްލިމުންގެ ސަބަބުން ކަމަށް ސަލާމަތްވި ބައެއް މީހުން ބުނެފި އެވެ.

ހާދިސާގައި ސަލާމަތްވި ބައެއް މީހުން މީޑިއާގައި ބުނެފައިވަނީ މިއީ ރޯދަ މަހަށް ވުމުން  ގިނަ މުސްލިމުން އުޅުނީ އަލިފާން ރޯވި ގަޑީގައި ހާރުކާން ތެދުވެ ކަމަށެވެ. އަދި އެ މީހުން ވަނީ އިމާރާތުގެ އެކި ބުރިތަކަށް ގޮސް ދޮރުގައި ބާރަށް ތަޅައިގެން ގަދަ ނިދީގައި ތިބި މީހުން ހޭލައްވާލާފައި ކަމަށެވެ.

ސަލާމަތްވި މީހުން ވަނީ މުސްލިމުންގެ އެ މަސައްކަތަށް ޝުކުރު އަދާކޮށްފައި އެވެ.

އެމީހުން ބުނީ ޓަވަރުން މީހުން ނެރުމުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވީ މުސްލިމުން ކަމަށެވެ. އަދި މުސްލިމުން ވަނީ ހާލުގައި ޖެހުނު މީހުންނަށް ކާއެއްޗެއްސާއި އަންނައުނުވެސް ފޯރުކޮށްދީފަ ކަމަށެވެ.

އެ މަސައްކަތުގައި ހަރަކާތްތެރިވި ޒުވާން މުސްލިމް ފިރިހެން ކުދިން ބުނީ މީހުން ސަލާމަތްކޮށްގެން އިމާރާތުން ބޭރަށް ނެރުމާއި ދޭތެރޭ ހޭދަވި ވިއްސަކަށް މިނިޓުގެ ތެރޭގައި އިމާރާތުގެ ބޮޑު ބައެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ. މުސްލިމުން ވަނީ ހާލުގައި ޖެހުނު މީހުންނަށް އިސްލާމިކް ކަލްޗަރަލް ސެންޓަރުތަކާއި މިސްކިތްތައް ވެސް ހުޅުވާލައިފަ އެވެ.

މުސްލިމުން ގިނަ އަދަދަކަށް އުޅޭ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި 12 މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. އަދި 50 މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް