ރަންބީރަކީ ކެމެރާ ފަހަތުގައި މަސައްކަތް ކުރެވޭ ވަރަށް ވުރެ ކަންނެތް މީހެއް!

ފިލްމެއްގެ ޕްރޮޑަކްޝަން މަސައްކަތާއި އެކްޓު ކުރުމާއި ދެ ކަމަކީ ކުރެވޭވަރު ކަމެއް ނޫން ކަމަށް ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރު ބުނެފި އެވެ. ދެން އެންމެ އަވަހަށް ރިލީޒްވާ ރަންބީރުގެ ފިލްމު "ޖައްގާ ޖާސޫސް...

15 Jun 2017 | 05:19

ފިލްމެއްގެ ޕްރޮޑަކްޝަން މަސައްކަތާއި އެކްޓު ކުރުމާއި ދެ ކަމަކީ ކުރެވޭވަރު ކަމެއް ނޫން ކަމަށް ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރު ބުނެފި އެވެ.

ދެން އެންމެ އަވަހަށް ރިލީޒްވާ ރަންބީރުގެ ފިލްމު "ޖައްގާ ޖާސޫސް" ގައި ޕްރޮޑިއުސަރެއްގެ ގޮތުގައި އޭނާ ދަނީ މަސައްކަތް ކުރަމުން ނެވެ. މީގެ ދެ އަހަރު ކުރިން ފެށިގެން ރަންބީރާއި ޕްރޮޑިއުސާ އަނޫރާގް ބާސޫ އާއި އެކު އުފެއްދުމުގެ މަސައްކަތް ކުރަމުންދާ މި ފިލްމު އެކި ސަބަބުތަކާއި ހެދި ދަނީ ލަސްވަމުންނެވެ. އެކަމާ ރަންބީރު ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާފައިވެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ރަންބީރު ބުނީ "ޖައްގާ ޖާސޫސް" އަކީ އޭނާ ޕްރޮޑިއުސް ކުރާ ފުރަތަމަ އަދި އެންމެ ފަހު ފިލްމު ކަމަށެވެ. އޭގެ ސަބަބެއް އޮޅުންފިލުވަން އެތައް ސުވާލުތަކެއް ކުރުމުން ރަންބީރު އެންމެ ފަހުން ބުނީ ކެމެރާގެ ފަހަތުގައި މަސައްކަތް ކުރެވޭވަރަށް ވުރެ އޭނާ ކަންނެތް ކަށެވެ.

ރަންބީރު ބުނީ އޭނާއަށް ކުރެވޭނެ ހަމައެކަނި މަސައްކަތަކީ އެކްޓު ކުރުން ކަމަށެވެ. ރަންބީރު ބުނީ "ޖައްގާ ޖާސޫސް" ޕްރޮޑިއުސް ކުރެވޭތީ އުފާވާ ކަމަށާއި އެކަމަކު ކުރިޔަށް އޮތް ތަނުގައި ފެންނާނީ އެކްޓު ކުރުމުގެ ދާއިރާއިން އެކަނި ކަމަށެވެ.

ކެޓްރީނާ ކެއިފާއި އެކު ރަންބީރު ފެނިގެންދާ ޖައްގާ ޖާސޫސްގެ މަސައްކަތް ނިންމާ މިހާރު ޕްރޮމޯޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 14 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް