އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ހުންނަ 24 ބުރީގެ މީހުން ދިރިއުޅޭ އިމާރާތެއްގައި އިއްޔެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި އެވެ.
ސަތޭކައަށް ވުރެ ގިނަ ޢާއިލާތައް ދިރިއުޅެމުންދިޔަ އެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެކިކަހަލަ ޒަޙަމްތައް ލިބިގެން 70 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. މިހާރުވެސް އެ އިމާރާތުގެ ތެރޭގައި އަލިފާނުގެ ސަބަބުން އެކި މީހުން ތާށިވެފައި ތިބި ކަމަށް މަޢުލޫމާތު ލިބެ އެވެ. އެހެން ކަމުން ކުރިއަށް އޮތް ތަނުގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭކަމަށް ރިޕޯޓުތައް ބުނެ އެވެ.
މީހުން ދިރިއުޅޭ 120 ފުލެޓު ހުރި ގްރެންފެލް ޓަވާރ ކިޔާ އެ އިމާރާތުގައި އެތެރޭގައި އަލިފާނުގެ ހާދިސާ ހިނގި ވަގުތު 600 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ބެލެވެ އެވެ.
އަލިފާންގަނޑު ބޮޑުވެ ފެތުރުމުން އިއްޔެ މެންދުރު ވަގުތު ޖެހުނު އިރުވެސް އަލިފާންގަނޑު ކޮންޓުރޯލް ވެފައެއް ނުވެ އެވެ. އަލިފާނގަޑު ކޮންޓްރޯލް ކުރުމަށް އެކަމަށް ޚާއްސަ ފަސް އުޅަދެއްވެސް ފަޔާ އެންޑް ރެސްކިއުއިން ބޭނުންކޮށްފަ އެވެ.
އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެ އިމާރާތުގެ ތިނެއް ނުވަތަ ހަތަރު ވަނަ ބުރީގައި ހުރި ރެޕްރިޖަރޭޓަރެއްގައި މައްސަލައެއް ދިމާވެގެން ކަމަށް ބެލެވޭކަމަށް އެ ޤައުމުގެ ފުލުހުން މަޢުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް