ބިންގަނޑު ކަނޑައިގެން ގޮސް ބަންގްލަދޭޝްގައި ގިނަ ބަޔަކު މަރުވެއްޖެ

ބަންގުލަދޭޝްއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި އެ  ޤައުމުގެ ހުޅަނގު ދެކުނު ހިސާބެއްގައި 107 މީހުން މަރުވެއްޖެ އެވެ. މަރުވި މީހުންގެ ތެރޭގައި މީހުނ...

15 Jun 2017 | 02:35

ބަންގުލަދޭޝްއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި އެ  ޤައުމުގެ ހުޅަނގު ދެކުނު ހިސާބެއްގައި 107 މީހުން މަރުވެއްޖެ އެވެ.

މަރުވި މީހުންގެ ތެރޭގައި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި އެ ޤައުމުގެ ފަސް ސިފައިން ހިމެނެ އެވެ. އެމީހުން މަރުވެފައިވަނީ ވާރެއާއި ގުޅިގެން ބެދިފައިވާ މަގުތައް ސާފުކުރަމުންދަނިކޮށް ބިންގަނޑު ކަނޑައިގެން ދިއުމާއި ގުޅިގެން ކަމަށް މަޢުލޫމާތު ލިބެ އެވެ.

ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެ ޤައުމުގެ ސިފައިން އަންނަނީ ކުރަމުންނެވެ.

އެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދުންވަނީ، ކަރަންޓާއި މުވާސަލާތީ ޚިދުމަތް އެއްކޮށް ކެނޑިފަ އެވެ.

އެ ޤައުމަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެކި ހިސާބުތަކުގައި ފެންބޮޑުވެ، އެކިކަހަލަ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.

ވިއްސާރައާއި ގުޅިގެން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކަކީ ބަންގުލަދޭޝްގައި ވަރަށް އާންމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް