މަހަށް ނިކުމެ އުޅުނު ދޯންޏެއް ފަރަށް އަރައިފި

ކ. އަތޮޅު ބޮލިފުށި ކައިރިއަށް މަހަށް ގޮސްގެން އުޅުނު ދޯންޏެއް ފަރަށް އަރައިފި އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ "ރަތް ވިލާ" ނަމަކަށް ކިޔާ އެ ދޯނި ފަރަށް އަރަ...

14 Jun 2017 | 20:03

ކ. އަތޮޅު ބޮލިފުށި ކައިރިއަށް މަހަށް ގޮސްގެން އުޅުނު ދޯންޏެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ "ރަތް ވިލާ" ނަމަކަށް ކިޔާ އެ ދޯނި ފަރަށް އަރައިގެން ރިޕޯޓު ކުރީ މިރޭ 8:35 ހާއިރު ކަމަށެވެ. ހާދިސާ ހިނގީ 18 މީހުންނާއި އެކު މަހަށް ނިކުމެގެން އުޅެނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި ތިން އަންހެނުންނާއި ތިންން ބިދޭސީންވެސް ހިމެނެ އެވެ. ކޯސްޓުގާޑުން ވަނީ އެ ތިން އަންހެނުންނާއި ތިން ފިރިހެނަކު މާލެ ގެނެސްފައި އެވެ.

ދެން ދޯނީގައި ތިބި މީހުން ވަނީ އެ ދޯނި ފުން ކުރުމަށް ސިފައިންނަށް އެހީވުމަށް މަޑުކޮށްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް