ރާއްޖޭގައި ޒިކާ ވައިރަސް ފެތުރޭކަމަށް ފެތުރުނު ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫންކަމުގައި ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ އެ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫންކަމަށެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުގައި މިއަދު، ރާއްޖޭގައި ޒިކާ ވައިރަސް ފެތުރޭކަމަށް ރިޕޯޓުކޮށްފައިވަނީ މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތަކަށް ހޭލުންތެރި ކުރުވުމަށް ރެޑް ކްކްރެސެންޓުން އާންމު ކުރި ވީޑިއޯއަކާއި ގުޅުވައެވެ.
އެ ވީޑިއޯގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ، ޑރ. އަހްމަދު ފައިސަލް ވިދާޅުވެފައިވަނީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ރާއްޖޭގައި އިތުރުވަމުން އަންނަކަމަށާއި އެގޮތުން ޑެންގީ ހުމާއި ޗިކުންގުންޔާ އަދި ޒިކާ ވައިރަސް ފެތުރޭކަމަށެވެ.
ނަމަވެސް އެ ވީޑިއޯ މިހާރު ވަނީ ރެޑް ކްރެސެންޓުން ޑިލީޓްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް