އެޗްއެސްބީސީ ބޭންކުގެ ރާއްޖޭގެ ބްރާންޗު ބަންދުކުރަން ނިންމައިފި

ދަ ހޮންކޮންގް އެންޑް ޝަންގްހައި ބޭންކިންގ ކޯޕަރޭޝަން (އެޗްއެސްބީސީ)ގެ ރާއްޖޭގެ ބްރާންޗު ބަންދުކުރަން އެ ބޭންކުން ނިންމައިފިއެވެ. ދުވަހަށް އެނގިފައިވާގޮތުގައި އެ ބޭންކުން މި ނިންމުން ނިންމާފައިވަނީ ރާއ...

15 May 2024 | 18:29

ދަ ހޮންކޮންގް އެންޑް ޝަންގްހައި ބޭންކިންގ ކޯޕަރޭޝަން (އެޗްއެސްބީސީ)ގެ ރާއްޖޭގެ ބްރާންޗު ބަންދުކުރަން އެ ބޭންކުން ނިންމައިފިއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އެ ބޭންކުން މި ނިންމުން ނިންމާފައިވަނީ ރާއްޖޭގައި ގާއިމްކޮށްފައިވާ އެ ބްރާންޗަށް އެކަށީގެންވާވަރަށް ފައިދާ ނުވާތީއެވެ.

މިކަން ރާއްޖޭގެ ބްރާންޗުގެ މުވައްޒުންނާއި ކަސްޓަމަރުންނަށް މިހާރު ހިއްސާކޮށްފައިވާކަމަށާއި އަދި މުވައްޒަފުންނަށް ރަނގަޅު ޕެކޭޖެއް ދޭނެކަންވެސް އެ ބޭންކުން މިހާރު މުވައްޒަފުންނަށް އަންގާފައިވާކަން ދުވަހަށް އެނގިފައިވެއެވެ.

އެޗްއެސްބީސީގެ ރާއްޖޭގެ ބްރާންޗު ބަންދުކުރަން ނިންމާފައިވާއިރު އެ ބޭންކުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ 100 އަށްވުރެ ގިނަ ބްރާންޗު ބަންދުކުރާނެކަން ކުރިންވެސް އިއުލާނުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް