ސްލޮވޭކިއާ ބޮޑުވަޒީރަށް ބަޑީގެ ހަމަލާތަކެއް – ހޮސްޕިޓަލުގައި ފަރުވާދެނީ

ޔޫރަޕްގެ ޤައުމެއްކަމުގައިވާ ސްލޮވޭކިއާގެ ބޮޑުވަޒީރު ރޮބަޓް ފީކޯގެ ގައިކޮޅަށް މިއަދު ބަޑީގެ ހަމަލާތަކެއް އަމާޒުކޮށްލައިފިއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އެ ގައުމުގެ ހައުސް އޮފް ކަލްޗާގެ ބޭރުގައެ...

15 May 2024 | 18:22

ޔޫރަޕްގެ ޤައުމެއްކަމުގައިވާ ސްލޮވޭކިއާގެ ބޮޑުވަޒީރު ރޮބަޓް ފީކޯގެ ގައިކޮޅަށް މިއަދު ބަޑީގެ ހަމަލާތަކެއް އަމާޒުކޮށްލައިފިއެވެ.

މި ހަމަލާތައް އަމާޒުކޮށްފައިވަނީ އެ ގައުމުގެ ހައުސް އޮފް ކަލްޗާގެ ބޭރުގައެވެ. އެ ހަމަލާތައް ދިން އުމުރުން 71 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު ހަމަލާދިން މީހާގެ ވަނަވަރު އަދި އޭނާގެ މަގްސަދާއި ގުޅޭގޮތުން އެ ގައުމުން އަދި އެއްޗެއް ބުނެފައެއްނުވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބޮޑުވަޒީރުގެ ހަށިކޮޅުގެ ހަތަރު ތަނަކަށް ބަޑީގެ ވަޒަން އަމާޒުވެފައިވެއެވެ. އަދި މިވަގުތު ސީރިއަސް އޮޕަރޭޝަންތަކެއް ކުރިއަށްދާކަން ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް