އިންޑިއާ ހިމެނޭހެން މި ސަރަހައްދުގައި ތޫފާނީ ހަތަރު ސެޓަޕް !

އަވަށްޓެރި އިންޑިއާ އަދި އިންވެ އޮތް ބަންގާޅު ކަނޑު ހިމެނޭހެން މި ސަހައްދުގައި ތޫފާނީ ހަތަރު ސެޓަޕެއް އުފެދިފައިވާކަމަށް ސަރަހައްދީ މޫސުމާއިބެހޭ އިދާރާ ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރ...

15 May 2024 | 14:53

އަވަށްޓެރި އިންޑިއާ އަދި އިންވެ އޮތް ބަންގާޅު ކަނޑު ހިމެނޭހެން މި ސަހައްދުގައި ތޫފާނީ ހަތަރު ސެޓަޕެއް އުފެދިފައިވާކަމަށް ސަރަހައްދީ މޫސުމާއިބެހޭ އިދާރާ ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރ (އާރްސީއެމްސީ) އިން ބުނެފިއެވެ.

އެގޮތުން އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ފާހަގަކުރާގޮތުގައި ތޫފާނީ ދެ ސެޓަޕެއް ހުރީ އިންޑިއާގެ މަތީގައެވެ. އެއީ އުއްތަރު ޕްރަދޭޝް އާއި ދިމާގައި އެއް ސެޓަޕް އަދި ސެންޓްރަލް އިންޑިއާގައި އެއް ސެޓަޕެވެ. އިތުރު ސެޓަޕެއް ވެސްޓް ބެންގާލް ސަރަހައްދުގައި އުފެދިފައިވާއިރު ހަތަރުވަނަ ސެޓަޕެއް ހުރީ ސައުތު ވެސްޓް ބޭ އޮފް ބެންގާލް (ބަންގާޅު ކަނޑު) ސަރަހައްދުގައެވެ.

މި ހަތަރު ސެޓަޕްގެ ތެރެއިން ރާއްޖެއަށް ބޮޑަށް އަސަރު މި ކުރަނީ ވެސްޓް ބެންގާލްގެ ސަރަހައްދުގައި އުފެދޭނެކަމަށް ލަފާކުރެވޭ ތޫފާނީ ސެޓަޕުން ކަމަށް ބެލެވެއެވެ. އެ ސެޓަޕްގެ ޓްރަފް ހުރީ އެ ދިމާއިން ހުރަހަށް ގޮސް ލަކްޝަދްވީޕް ސަރައްދާއި ދިމާއަށްކަން ފާހަގަކޮށްފައިވެއެވެ.

މިއިން އެއްވެސް ސެޓަޕަކުން ތޫފާނެއް އުފެދިދާނެކަމަކަށް އަދި އަންދާޒާކޮށްފައެއް ނުވެއެވެ.

މިފަދަ ސެޓަޕްތަކެއް ހުރިއިރު ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފައިވާގޮތުގައި ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު މިވަނީ އިތުރަށް ވަރުގަދަވެފައެވެ. އަދި މާދަމާ ރެއިން ފެށިގެން ކުރިއަށް އޮތް ފަސްދުވަހު މޫސުން ވަރަށް ގޯސްވެދާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވެ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މިއަދު މެޓުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް