ވެހިކަލެއްގެ ތެރޭގައި އޮތް ބިދޭސީއަކު ހޮސްޕިޓަލަށް ގެންދިޔައިރު ފުރާނަ ނެތް !

ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި ޚަބަރު ހުސްވެފައި އޮއްވާ ފެނުނު މީހަކު ހޮސްޕިޓަލަށް ގެންދިޔައިރު ފުރާނަ ނެތްކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން ދެންމެ ބުނެފައިވާގޮތުގައި ހުޅުމާ...

15 May 2024 | 11:41

ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި ޚަބަރު ހުސްވެފައި އޮއްވާ ފެނުނު މީހަކު ހޮސްޕިޓަލަށް ގެންދިޔައިރު ފުރާނަ ނެތްކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން ދެންމެ ބުނެފައިވާގޮތުގައި ހުޅުމާލެ ފޭސް އެކެއްގެ ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގައި މީހަކު ޚަބަރު ހުސްވެފައި އޮއްވާ ފެނިގެން އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

"ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެއީ ބިދޭސީ ފިރިހެނެކެވެ. މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް