ހުރިހާ ފަރާތްތަކަކުން މޫސުމަށް ސަމާލުވެ ރައްކާތެރިވެ ތިބުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، މާދަމާ ރެއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހުގައި ވައިގަދަވެ، ކަނޑުތަށް ވަރަށް ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ މާދަމާ (15 މޭ ) ވާ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ވިއްސާރަކޮށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑެއްގައި 45 މޭލާއި 50 މޭލާ ދެމެދު ބާރު މިނުގައި ވައިގަދަވެ، ކަނޑުތައް ގަދަވެ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށް ތަކަށް އުދައަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.
އެހެން ކަމުން ކަނޑު ދަތުރު ފަތުރު ކުރާ ފަރާތްތަކުން ހާއްސަކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ .
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް