މަކަރާއި ހީލަތުގެ މައްސަލައެއްގައި ތިން މީހަކު ޕޮލިހަށް ހާޒިރުވާން ނޯޓިސް

ފުލުހުން ބަލަމުން އަންނަ މަކަރާއި ހީލަތާއި ގުޅުންހުރި މައްސަލައަކާއި ގުޅިގެން ތިން މީހަކު ހާޒިރުވުމަށް ފުލުހުން އާންމުކޮށް އަންގާ އިއުލާނުކޮށްފިއެވެ. އެގޮތުން ހާޒިރުވުމަށް އަންގާފައިވަނީ ހއ. ތުރާކުނު،...

15 May 2024 | 07:02

ފުލުހުން ބަލަމުން އަންނަ މަކަރާއި ހީލަތާއި ގުޅުންހުރި މައްސަލައަކާއި ގުޅިގެން ތިން މީހަކު ހާޒިރުވުމަށް ފުލުހުން އާންމުކޮށް އަންގާ އިއުލާނުކޮށްފިއެވެ.

އެގޮތުން ހާޒިރުވުމަށް އަންގާފައިވަނީ ހއ. ތުރާކުނު، އަސުރުމާގޭ އުމުރުން 25 އަހަރުގެ އަލީ ޝަރީފާއި ލ. ގަމު މަތިމަރަދޫ، ނަޔާ ޗާންދުގޭ އުމުރުން 37 އަހަރުގެ އަލީ ޝަމީމް އާއި އދ. ކުނބުރުދޫ މާބަގީޗާގޭ، އުމުރުން 24 އަހަރުގެ އާއިޝަތު ނުހާއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އާންމުކޮށް އަންގައި އިއުލާނުކުރީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

މި ތިން މީހުން ހާޒިރު ކުރަން ބޭނުންވަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށާއި މި ތިން މީހުންވެސް މި މަހުގެ 21 ވަނަ ދުވަހުގެ 11:00 އަށް ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުން އެދޭކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް