މާލޭގެ ސުކޫލުތަކަށް ކުދިން ވެއްދުމަށް އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މާދަމާގެ މެންދުރުފަހު 02:00އާއި ހަމައަށެވެ.
އެގޮތުން ސަރުކާރު ސްކޫލެއްގެ ފައުންޑޭޝަން ސްޓޭޖެގެ ކުލާހަކަށް ވައްދަން ބޭނުންވެލައްވާ ދަރިވަރުންނާއި، ގްރޭޑް 1 އަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުންނާއި، ޕްރައިވެޓް ސްކޫލަކުން ސަރުކާރު ސްކޫލަކަށް ބަދަލުވާން ބޭނުންވާ ދަރިވަރުންނާއި ރާއްޖޭއިން ބޭރުގައި ކިޔަވަން އުޅެފައި ރާއްޖެއަށް ބަދަލުވާ ދަރިވަރުންނަށް،
މި ދެ ދުވަހުގެ މުއްދަތުގެ ތެރޭގައި ސުކޫލަށް ވެއްދުމަށް ފޯމު ހުށަހެޅޭނެ ކަމަށް މިނިސްޓްރީއޮފް އެޑިއުކޭޝަންއިން ވަނީ ބުނެފައެވެ.
ދަރިވަރުން ސުކޫލަށް ވެއްދުމަށް ހުށަހަޅަން ޖެހޭ ފޯމުތައް އެޑިއުކޭޝަންއިން ހިއްސާކޮށްފައިވާ ލިންކު، https://myoffice.moe.gov.mv/forms އިން ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް