ރާއްޖެއާއި އިންޑިއާއާއި ދެމެދު ކުރިއަށްދާ ކޯޅުންތަކުގެ ފައިދާ ސްރީ ލަންކާގެ ފަތުރުވެރިކަމަށް ކުރަމުން އަންނަކަމަށް އެ ގައުމުގެ ފަތުރުވެރިކަމާބެހޭ ވަޒީރު ހަރިން ފެނާންޑޯ ބުނެފިއެވެ.
އެގޮތުން ސީއެންބީސީއަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އިންޑިއާއާއި ރާއްޖެއާއި ދެމެދު ފަތުރުވެރިކަމުގެ ގުޅުން މި އަހަރުގެ ޖަނަވަރީމަހު ގޯސްވި ހިސާބުން އިންޑިއާގެ ފަތުރުވެރިން ސްރީ ލަންކާއަށް ޒިޔާރަތްކުރާ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަމަށެވެ. އެގޮތުން ޖަނަވަރީ މަހު އެކަނި ލަންކާއަށް އިންޑިއާއިން 34 ހާސް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު ޒިޔާރަތްކުރީ އެންމެ 13 ހާހެއްހާ އިންޑިއާ ފަތުރުވެރިންކަން އޭނާ ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން 2023 ވަނަ އަހަރާ ބަލާއިރު މި އަހަރުގެ ކޮންމެ މަހެއްގައިވެސް އިންޑިއާއިން ލަންކާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ގިނަވެފައިވާކަމާއި ފަތުރުވެރިކަމާ ގުޅޭ އިންޑިއާގެ ބޮޑެތި އިންވެސްޓްމަންޓްތައްވެސް ސްރީ ލަންކާގައި ގިނަވަމުން އަންނަކަން އޭނާ ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް