އއ. އުކުޅަހަށް ބަނގުރާ ވިއްކާ ކަމަށް ތުހުމަތުވާ ސަފާރީ އެންމެފަހުން އެ ރަށުގެ ފަޅުން ނެރެފި އެވެ.
ގެސްޓް ހައުސްގެ ވިޔަފާރިފުޅާ ދާއިރާއެއްގައި ހިންގާ އުކުޅަހުގެ އާއްމުންތަކެއް ވަނީ އެ ސަފާރީން ރާ ވިއްކާ ކަމަށް ބުނެ ކައުންސިލުން އެކަމާއި އަޅާނުލާ ކަމަށް ބުނެ މިދިޔަ ހަފުތާގައި މުޒާހަރާ ކޮށްފަ އެވެ.
އުކުޅަހުން ދުވަސް ނޫހާއި ވާހަކަ ދެއްކި މީހަކު މަޢުލޫމާތު ދެމުން ބުނީ އެ ސަފާރީ ފަޅުން ނެރެފައި ނުވާތީ މީޑިއާތަކުގައި މިއަދު އެ ޚަބަރު ޖެހުމުން، އޭގެ ވެރިފަރާތުން މިހާރު ވަނީ ސަފާރީ ފަޅުން ބޭރުކޮށްފައި ކަމަށެވެ.
އެ ސަފާރީން ރާ ވިއްކާ ކަމަށް ތުހުމަތު ކޮށްފައި ވާއިރު އުކުޅަހު ފަޅުގައި އެ ސަފާރީ އަޅާފައި ވަނީ މަރާމާތަށް ކަމަށް ބުނެ ކައުންސިލްގެ ހުއްދަހޯދައި ގެނެވެ.
ނަމަވެސް އެ ސަފާރީން ބަނގުރާ ވިއްކާ ކަމަށް ތުހުމަތުކޮށް ރައްޔިތުންތަކެއް މުޒާހަރާ ކުރުމުން، ކައުންސިލުން ވަނީ މައްސަލަ ކޯޓަށް ވައްދައިފައެވެ.
އަދި އުކުޅަހު މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ 24 ގަޑިއިރު ތެރޭގައި އެ ރަށުގެ ފަޅުތެރެއިން ސަފާރީ ނެރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް