މެމްބަރު ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ގައްބަރޭ ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި އިބްރާހިމް އަބްދުއްﷲ (ގައްބަރޭ) ހޯދަން ފުލުހުން މިއަދު އިއުލާނު ކޮށްފި އެވެ. މާލެ، މއ. ނައި...

15 May 2023 | 15:34

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި އިބްރާހިމް އަބްދުއްﷲ (ގައްބަރޭ) ހޯދަން ފުލުހުން މިއަދު އިއުލާނު ކޮށްފި އެވެ.

މާލެ، މއ. ނައިޓްވިލާ ގައްބަރޭއަކީ ޒަރީރު ނިސްބަތްވެވަޑައިގެންނަވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެއްގެ އިތުރުން އެ ޕާޓީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސެވެ. ފުލުހުންގެ އިއުލާނުގައި އޭނާ ހޯދަނީ ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް ސީދާ ބުނެފައެއް ނުވެ އެވެ.

ފުލުހުން ބުނީ އުމުރުން 32 އަހަރުގެ ގައްބަރޭ ހޯދަނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ. އޭނާގެ މައްސަލަ ތަހުގީގު ކުރަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ.

އޭނާ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުނުްގެ ސީރިއަސްް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުމަށް އެދިފައިވެ އެވެ.

ޒަރީރަށް ހަމަލާދިނީ މިމަހުގެ އެއް ވަނަ ދުވަހުގެ ފަތިހު ކެފޭއެއްގައި އިންނަވަނިކޮށް ފަސް މީހުންގެ ގްރޫޕަކުން ވަދެ އެވެ. އެމީހުން ވަނީ މަރުތޭލަކުން އޭނާގެ ގައިގެ އެތަން މިތަނުގައި ތަޅާފައި ކަމަށް މައުލޫމާތުދީފައިވެ އެވެ.

ޒަރީރަށް ހަމަލާދިން މީހުން ދެނެގަނެފައިވަނީ އެ ކެފޭގެ ސީސީޓީވީ ފުޓޭޖު ބަލައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް