ޝާހިދުގެ އިތުބާރުނެތް ކަމުގެ މައްސަލަ އަނބުރާ ގެންގޮސްފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު އަނބުރާ ގެންގޮސްފި އެވެ. އެ މައްސަލަ ހުށަހެޅީ މިއަދު ހެނދުނު އެވެ. އަނބުރާ މައްސަލަ ގެންދިޔައީ މިއަދު ހަވީރު އެވެ. މަޖ...

15 May 2023 | 13:06

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު އަނބުރާ ގެންގޮސްފި އެވެ.

އެ މައްސަލަ ހުށަހެޅީ މިއަދު ހެނދުނު އެވެ. އަނބުރާ މައްސަލަ ގެންދިޔައީ މިއަދު ހަވީރު އެވެ.

މަޖިލީހުގެ އިދާރާއިން ވަނީ މައްސަލަ އަނބުރާ ގެންދިޔަކަން މީޑީއާގައި ކަށަވަރުކޮށްދީފައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ އަނބުރާ ގެންދިޔައީ އިތުރު މެމްބަރުން ސޮއި ކުރަން ތިއްބެވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް