ހިއްސާއަކަށް 40 ރުފިޔާ ބަހަން ބީއެމްއެލް ބޯޑުން ނިންމައިފި

ހިއްސާއަކަށް 40 ރުފިޔާ ބެހުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑުން ނިންމައިފި އެވެ. މިކަން ހާމަކޮށް ބީއެމްއެލް އިން ބުނީ މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާ އަކަށް 40  ރުފިޔާ ބެހުމަށް ...

15 May 2023 | 12:51

ހިއްސާއަކަށް 40 ރުފިޔާ ބެހުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑުން ނިންމައިފި އެވެ.

މިކަން ހާމަކޮށް ބީއެމްއެލް އިން ބުނީ މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާ އަކަށް 40  ރުފިޔާ ބެހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އަދި މިއީ އެ ކުންފުންޏަށް 40 އަހަރު ފުރުމާ ގުޅިގެން ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމެއް ކަމަށް ބީއެމްއެލުން ބުނެފައި ވެއެވެ.

މިގޮތުން ބޯޑުގެ ނިންމުމާ އެއްގޮތަށް ހިއްސާއަކަށް 40 ރުފިޔާ ބެހޭނީ މިމަހުގެ 29 ވަނަ ދުވަހު އޮންނަ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބޯޑުގެ ނިންމުން ފާސްކުރުމުން ކަމަށް ބީއެމްއެލުން ބުނެފައި ވެއެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ހިއްސާއަކަށް 40 ރުފިޔާގެ މަގުން 215.3 މިލިއަން ރުފިޔާ ބެހުމަށެވެ.

މިއީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާ އަދި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާ އެވެ.

މީގެ އިތުރުން އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާގެ މަގުން ޖުމްލަ 107.6 މިލިއަން ރުފިޔާ ބެހުމަށްވެސް ބޯޑުން ނިންމާފައިވެ އެވެ. ބީއެމްއެލް އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 1.63 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް