ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާނަށް ވަޑައިގެންފި އެވެ.
ޝާހިދުގެ މި ދަތުރަކީ އެ ގައުމުގައި އިއްޔެ ފެށި މިއުނިކް ލީޑާސް ސެކިއުރިޓީ ކޮންފަރެންސްގައި ބައިވެރިވުމަށް ކުރައްވާ ދަތުރެކެވެ. މި ބައްދަލުވުމަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި 24 ގަޑިއިރަށް "އޮފް ދަ ރެކޯޑު"ގައި ކުރިއަށްދާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވާއިރު މިނިސްޓަރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލާއި، ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅުގައި ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާއާއި އަދި މިއުނިކް ލީޑާސް މީޓިންގައި ބައިވެރިވެވަޑައިގަންނަވާ އެހެން މިނިސްޓަރުންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައި ވާ ކަމަށެވެ.
މިނިސްޓަރު ރާއްޖެއިން ބޭރަށް ދަތުރުފުޅު ފެއްޓެވީ މިމަހުގެ ހަ ވަނަ ދުވަހު އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް ރަސްކަމާއި ހަވާލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
އެ ދަތުރުފުޅަށް ފަހު ޝާހިދު ރާއްޖެ ވަޑައިނުގަތް، ސާބިއާ، ހަންގޭރީ އަދި ސްވިޑެންއަށް ވަޑައިގެންނެވި އެވެ. އަދި ރާއްޖެ އާއި އެ ގައުމުތަކާއި އޮންނަ ގުޅުން ބަދަހި ކުރުމާއި ބައެއް ކޮންފަރެންސްތަކުގައި ބައިވެރިވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް