އެލްޖީއޭގެ ސީއީއޯގެ މަގާމުން އަފްޝަން އިސްތިއުފާ ދެއްވަނީ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމުން އަފްޝަން ލަތީފު އިސްތިއުފާ ދެއްވަން ނިންމަވައިފިިއެވެ. އެގޮތުން އަފްޝަން ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުނ...

15 May 2023 | 08:24

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމުން އަފްޝަން ލަތީފު އިސްތިއުފާ ދެއްވަން ނިންމަވައިފިިއެވެ.

އެގޮތުން އަފްޝަން ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އިސްތިއުފާގެ ސިޓީ މިހާރު ފޮނުވާފައިވާނެކަމަށާއި މި ހަފްތާގެ ބުރާސްފަތި ދުވަހަކީ ވަޒީފާއަށް ނިކުންނަވާނެ ފަހު ދުވަސް ކަމަށެވެ.

އަފްޝަން އަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުގެ އަނބިކަނބަލުންވެސް މެއެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަމްރު ވަކިކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކޮށް އަދި އޭގެ ފަހުންވެސް ފިކުރެއްގެ ދިރުމުގެ އިސްކޮށް ހަރަކާތްތެރިވަމުންދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް