ޝާހިދު ކައިވެނީގެ ވާހަކަ ފުރަތަމަ ކަރީނާ ކައިރީ ބުނުމުން ސުވާލުތަކެއް!

ބޮލީވުޑްގެ މަޝްހޫރު ފިލްމު "ޖަބް ވީ މެޓް" ގެ ސެޓުން ލޯބިވެރިންނަށްވި ޝާހިދު ކަޕޫރާއި ކަރީނާ ކަޕޫރުގެ ވާހަކައަކީ2007 ވަނަ އަހަރު އެންމެ މަޝްހޫރު ލޯބީގެ ވާހަކަ އެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެ...

15 May 2023 | 06:32

ބޮލީވުޑްގެ މަޝްހޫރު ފިލްމު "ޖަބް ވީ މެޓް" ގެ ސެޓުން ލޯބިވެރިންނަށްވި ޝާހިދު ކަޕޫރާއި ކަރީނާ ކަޕޫރުގެ ވާހަކައަކީ2007 ވަނަ އަހަރު އެންމެ މަޝްހޫރު ލޯބީގެ ވާހަކަ އެވެ.

އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން ލޯބިވެރިންގެ ގޮތުގައި އުޅުމަށް ފަހު ދެ ތަރިން ރުޅިވި ސަބަބު އަދިވެސް އޮތީ ސިއްރެއްގެ ގޮތުގައި އެވެ. އެކަމަކު އެނގޭ ކަމަކީ ދެ ތަރިންނަށް އަދިވެސް ދެމީހުން ވަރަށް ހާއްސަ ކަމެވެ.

އޭގެ ހެއްކެއްގެ ގޮތުގައި މީޑިއާގައި ރިޕޯޓުކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ޝާހިދުގެ އަންހެނުން މީރާ ރާޖްޕުޓުް، ކަރީނާ އާއި ވާދައެއް ކައިވެންޏަށް ފަހު ކުރުމެވެ. އެގޮތުން ދަރިން ހޯދުމާއި ދަރިން ބެލުމުގައި ގެންގުޅޭ އުސޫލުތައް ހާމަ ކުރުމުގައި ކަރީނާއަށް ޖެއްސުމަށް އެ ދުވަސްވަރު ވާހަކަތައް ދެއްކި އެވެ.

މިފަހަރު އަނެއްކާވެސް މިވަނީ މީރާ ހިތުގައި ޖެހޭނެ ފަދަ ވާހަކައެއް މީޑިއާގައި ތިލަވެފައި އެވެ. ކަރީނާ ދިން އިންޓަވިއުއެއްގައި ބުނީ މީރާ އާއި ކައިވެނި ކުރަން އުޅޭކަން މީޑިއާ އާއި ފިލްމީ ދުނިޔެއަށް ހާމަ ކުރުމުގެ ކުރިން އެ ވާހަކަ ޝާހިދު އޭނާ ކައިރީ ބުނި ކަމަށެވެ.

އެއާއެކު ނޫސްވެރިން ވަނީ އެއީ ކީއްވެތޯ އާއި. އޮތް ގާތްކަމާއި ހާއްސަ ކަމުގެ ސަބަބުންތޯ ސުވާލު ކޮށްފައި އެވެ. ޖަވާބުގައި ކަރީނާ ބުނީ ރުޅިވުމަށް ފަހު ދެމީހުންގެ މެދުގައި ވަކި ހާއްސަ ކަމެއް ނޯންނަ ކަމަށެވެ.

ކައިވެނީގެ ވާހަކަ ދެކެވުނީ ދެމީހުން ބައިވެރިވި އިވެންޓެއްގެ ތެރެއިން ވަކިން ބައްދަލުވި ވަގުތު ދިރިއުޅުމުގެ ވާހަކަ ދައްކަމުން ގޮސް ކަމަށެވެ.

ފިލްމީ ދާއިރާ އާއި ގުޅުން ނެތް މީރާ އާއި ޝާހިދު ކައިވެނި ކުރީ 2015 ވަނަ އަހަރު އެވެ. ދެމީހުންގެ ކައިވެންޏަށް ދެ ކުދިން ލިބިފައި އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް