ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރުގެ އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށް ދިޔައީ މިދިޔަ އޭޕްރިލް މަހުގެ27 ވަނަ ދުވަހު އެވެ. އެއީ ދެ ހަފްތާގެ ޗުއްޓީއަށެވެ.
މެމްބަރުން ފުރަތަމަ ދައުރު ނިންމާފައިި ޗުއްޓީއަށް ވަޑައިގެންނެވި އިރު އެންމެ މުހިންމު އިސްލާހަކަށް ހުށަހާޅާފައި އޮތީ އަލަށް އަމަލު ކުރަން ފަށާފައިވާ ކުނި މެނޭޖުކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ނުނިމި އޮތުމެވެ.
ފުރަތަމަ ދައުރަށް ހުށަހެޅުނު ބިލުތަކުގެ ތެރެއިން ނިންމާލެވިފައިވަނީ އެންމެ ދެ ބިލުގެ މަސައްކަތެވެ. ފަސް ބިލެއް ތަޅުމުގައި އޮތްއިރު 24 ބިލެއް އޮތީ ކޮމިޓީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް