މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ޓިކްޓޮކް ތަރި ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) އާއި އޭނާގެ ފިރިމީހާގެ ބަންދަށް މުއްދަތު އިތުރުކޮށްފިއެވެ.
އެ ދެމަފިރިންގެ ބަންދަށް މުއްދަތު އިތުރުކޮށްފައިވަނީ ބަންދަށް ކުރިން ޖެހި ތިން ދުވަހުގެ މުއްދަތު ހަަމަވުމުން މުއްދަތު އިތުރު ކުރަން ކޯޓަށް ހާޒިރު ކުރުމުންނެވެ.
މިމަހުގެ 11 ވަނަ ދުވަހުގެ ރޭ އެ ދެމަފިރިން ހައްޔަރުކުރީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަންގައި، އެ ދެމަފިރިން އުޅޭގެ ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުނެވެ.
މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތު އެ ދެމަފިރިންނަށް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް