ރާއްޖޭގައި ޑެންޑީ ހުން ފެތުރުން، މިދިޔަ މަހު އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކުރައްވައިފިއެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހާ އަޅާބަލާއިރު ގިނަ ބަޔަކު ޑެންގީ ޖެހިގެންވަނީ ރިޕޯޓުކޮށްފައެވެ.
އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާޗްމަހު ޑެންގީ ޖެހިގެން 26 މީހަކު ރިޕޯޓުކޮށްފައި ވާއިރު މިދިޔަ އޭޕްރީލް މަހު 92 މީހަކުވަނީ ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައެވެ.
އެހެންކަމުން އެޗްޕީއޭ އިން ވަނީ ޑެންގީއިން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.
ޑެންގީ ޖެހިފައިވާ ފަރާތެއްނަމަ ވީހާވެސް ގިނައިން ދިޔާތަކެއްޗާއި ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުމާއި އަދި އަރާމުކުރުމަށާއި ގައިގައި ރިއްސާނަމަ ޕެރަސެޓަމޯލް ބޭނުންކުރުމަށްފަހު 3 ދުވަސް ފަހުން ހުން ރަނގަޅުނުވާނަމަ ޑޮކްޓަރަކަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު އަރިދަފުސް ރޯގާއާއި ބޭރަށް ހިނގުމާއި ހޮޑުލުން އޭޕްރީލްމަހުގައިވަނީ މިދިޔަ މާޗްމަހަށްވުރެ މަދުވެފައެވެ.
އެގޮތުން އަރިދަފުސްރޯގާގެ 14399 ކޭސް މާޗްމަހު ރިޕޯޓުކޮށްފައިވާއިރު މިދިޔަ މަހު ރިޕޯޓުކޮށްފައިވަނީ ޖުމްލަ 12978 ކޭސްއެވެ.
ހަމައެހެންމެ، ބޭރަށް ހިނގުމާއި ހޮޑުލުމުގެ 2063 ކޭސް މާޗްމަހު ރިޕޯޓުކޮށްފައިވާއިރު މިދިޔަ މަހު ރިޕޯޓުކޮށްފައިވަނީ 1575 ކޭސްއެވެ.
މިބަލިތައް ފެތުރުން މަދުވިނަމަވެސް ރައްކާތެރިވުމަށްޓަކާ ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ.
އަދި ބަލީގެ ޢަލާމަތްތައް ފެންނަނަމަ ގޭގައި މަޑުކޮށް މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމަކީ މުހިންމު ކަމެކެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ ވައިރަލް ހުމާއި ފާނަ ބަސަންދު އަދި ލޮލުރޯގާފަދަ ބަލިތައް ޢާއްމުކޮށް ރިޕޯޓުކުރާ މިންވަރަށްވުރެ އިތުރުވެފައިނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް