އިދިކޮޅު ޕީޕިއެމް/ ޕީއެންސީ ކޯލިޝަނުން އިންޑިއާ އާއި ދެކޮޅު އިތުރު ކެމްޕެއިނެއް ފަށަން ތައްޔާރުވާން ފަށައިފި އެވެ.
މިކަން އިއުލާނު ކުރެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަވަށްޓެރި އިންޑިޔާގެ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންގެ ޙައްގުގައި އަޑު އުފުލުމުގެ ޙަރަކާތަކަށް ނުކުންނަން ތައްޔާރުވަމުންދާ ކަމަށެވެ.
އިތުރު ތަފްސީލް އޭނާގެ ޓުވީޓުގައި ހާމަކުރައްވާފައެއް ނުވެ އެވެ.
https://twitter.com/Banafsaa/status/1525756790822273024
މިކަމާއި ގުޅޭގޮތުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާގައި ވިދާޅުވީ މި ހަރަކާތަކީ މިހާރު ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތާއި ވަކިން ކުރިޔަށް ގެންދާ ކަމެއް ކަމަށެވެ. އަދި ކުރިޔަށް ދަނީ އެކަމާއި ގުޅޭ މަޝްވަރާތައް ކަމަށް ވިދާޅުވި އެވެ.
އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅު މުޒާހަރާ ފެށިޔަސް މިހާރު ކުރިޔަށްދާ އިންޑިއާ އައުޓް ކެމްޕެއިން ވަކިން ކުރިޔަށް ދާނެ ކަމަށް ހީނާ ވިދާޅުވި އެވެ. އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ ފެށި ހަރަކާތެކެވެ.
ރާއްޖޭގައި އިންޑިއާގެ75 ސިފައިން ގާއިމްވެ އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް