ޕޮންޒީ މައްސަލައިގާ އަލްހާން ޕޮލިހަށް ހާޒިރުވާން އަންގައިފި  !

ފޮރެކްސް ސްކީމެއްކަމަށްބުނެ ރާއްޖޭގައި ހިންގީ ޕޮންޒީ ސްކީމެއްކަމަށްބުނާ މައްސަލައިގާ އަލްހާން ފަހުމީ ޕޮލިހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ. މި ޗިޓު ފޮނުވާފައިވަނީ އަންގާރަދުވަހުގެ ރޭ 08:00 އަށް ޕޮލި...

15 May 2022 | 13:07

ފޮރެކްސް ސްކީމެއްކަމަށްބުނެ ރާއްޖޭގައި ހިންގީ ޕޮންޒީ ސްކީމެއްކަމަށްބުނާ މައްސަލައިގާ އަލްހާން ފަހުމީ ޕޮލިހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.

މި ޗިޓު ފޮނުވާފައިވަނީ އަންގާރަދުވަހުގެ ރޭ 08:00 އަށް ޕޮލިހަށް ހާޒިރުވުމަށެވެ.

ޗިޓުގައި މައްސަލައިގެ ހިސާލާގައި ބުނެފައިވަނީ މައްސަލައަކީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒް ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާލިބޭނެކަމަށް ދައްކައި މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަަމަށެވެ.

މި ޗިޓާއިގުޅިގެން ޓްވިޓާގައި އަލްހާން ވިދާޅުވެފައިވަނީ އޭނާގެ ހިއްސާ  އޮންނަ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން އާންމު ފަރާތްތައް ބައިވެރިކޮށްގެން، ކުރި އޮންލައިން ފޮރެކްސްޓްރޭޑިންގ ގެ މަދަނީ މުޢާމަލާތާއި ގުޅިގެން އެމްއެމްއޭ އިން އެކުންފުންނިން މަނީ ލޯންޑަރ ކުރާކަމަށް ތުހުމަތުކޮށް ނުސީދާ ބަޔާންނެރެ، ދޮގު އިލްޒާމު އަޅުވާ، ވިޔަފާރި ހުއްޓުވާލުމަށްފަހު، މަކަރާ ހީލަތުން މީހުންގެ ފައިސާ ނަގައިގެން މަނީ ލޯންޑަރ ކުރިކަމަށް އޭނާއާއި ކުންފުނީގެ އެހެން ހިއްސާދަަރުންގެ މައްޗަށް ޖިނާއީ ތަޙުގީގެއް ހިންގަން ފުލުހުންމެދުވެރިކޮށްގެ މިކުރާ މަސައްކަތަކީ ކަނޑައެޅިގެން، އެއްވެސް އަސާސެއް ނެތި ވިޔަފާރި ހުއްޓުވާލާ، އަޅުގަނޑަށް ގެއްލުންދީ ބަދުނާމުކުރުމުގެ ގޮތުން ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ދައުލަތުގެ މުއައްސަސާތައް ނުހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގާ ޖަރީމާއެކެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް