ފައްޔާޒް އިންތިއަށް: ތިބޭނީ އެއްކޮށް، ޕާޓީ ދާނީ އެކީއެކަށް ކުރިއަށް

އިއްޔެ ނިމިދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަންކަން ކާމިޔާބުކުރެއްވި ކެނޑިޑޭޓް ފައްޔާޒް، ވާދަކުރި ކެނޑިޑޭޓް އިިމްތިޔާޒް ފަހުމީއަށް ޝުކުރު އަދާކުރައްވައިފިއެވެ. ފައްޔާޒަށް މަރުހ...

15 May 2022 | 12:39

އިއްޔެ ނިމިދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަންކަން ކާމިޔާބުކުރެއްވި ކެނޑިޑޭޓް ފައްޔާޒް، ވާދަކުރި ކެނޑިޑޭޓް އިިމްތިޔާޒް ފަހުމީއަށް ޝުކުރު އަދާކުރައްވައިފިއެވެ.

ފައްޔާޒަށް މަރުހަބާ ދަންނަވައި އިންތި ކުރެއްވި ޓްވީޓަށް ދެއްވި ރިޕްލައިގައި ފައްޔާޒް ވިދާޅުވެފައިވަނީ ވާދަވެރި ސިޔާސީ ހަަރަކާތުން އެނގުނު އެކައްޗަކީ އެމްޑީޕީ ސިޔާސީ ގޮތުން ފައްކާވެފައިއޮތް މިންވަރު ކަމަށާއިި ވާދަވެރި ކެނޑިޑޭޓް ކަމަށްވިޔަ އިންތިހާބަށްފަހު ތިބޭނީ އެކުގައި ކަމަށެވެ. އަދި ޕާޓީ ދާނީ އެކީއެކަށް ކުރިއަށް ކަމަށެވެ.

https://twitter.com/faya_i/status/1525813051026333697

އިންތި ބަލިގަބޫލުކުރައްވައި ފައްޔާޒަށް މަރުހަބާ ދަންނަވައި މިއަދު ކުރެއްވި ޓްވީޓްގައި އިންތި ވިދާޅުވެފައިވަނީ މިވީހާ ދުވަހު ނަގަހައްޓަމުން އައި ހަމަތަކާ އަސާސްތަކުގައި ޕާޓީއެކު ދެގޮތެއްނުވެ އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް