އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި އިމްތިޔާޒް ފަހުމީ ބަލި ގަބޫލުކުރައްވައިފިއެވެ.
އިންތި ބަލި ގަބޫލުކުރެއްވިކަން ހާމަކުރެއްވީ ނަތީޖާ ލިބި އިންތިއާ ވާދަކުރި އަނެއް ކެނޑިޑޭޓު ބޮޑު ތަފާތަކުން މޮޅުވިކަން އެނގިގެންދިޔަތާ 12 ގަޑިއިރަށްވުރެ ގިނައިރުވީ ފަހުން ކުރެއްވި ޓްވީޓެއްގައެވެ.
އިންތިއާ ވާދަކުރި އަނެއް ކެނޑިޑޭޓް ކަމުގައިވާ ފައްޔާޒް އިސްމާއީލަށް މަރުހަބާ ދަންނަވައި އިންތި ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ނިމިދިޔަ އިންތިހާބުގައި އޭނާއާއެކު މަސައްކަތްކޮށް ވޯޓުދެއްވި އެންމެހާ މެންބަރުންނަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރާކަމަށެވެ.
"އަޅުގަނޑުމެން މިވީހާ ދުވަހު ނަގަހައްޓަމުން މިއައި ހަމަތަކާ އަސާސްތަކުގައި މި ޕާޓީއާއެކު ދެގޮތެއް ނުވެ، އަބަދުވެސް ދެމި ހުންނާނަން" އިންތި އިތުރަށް ވިދާޅުވެފައިވެއެވެ.
https://twitter.com/Imthiyazfahmy/status/1525807298970808320
އިންތިހާބުން އިންތި ބަލިވެފައިވާއިރު އިންތިގެ ޓީމުން މިވީހާތަނަށް އިންތިހާބު ބަލައިގަނެ ނަތީޖާއާމެދު އެއްބަސްވެފައެއް ނުވެއެވެ. އަދި އިންތި ޓީމުގެ އިސް ފަރާތްތަކުން، މި އިންތިހާބު ކާމިޔާބުކުރި ކެނޑިޑޭޓަށް މަރުހަބާ ދަންނަވާފައެއްވެސް ނުވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲގެ އިތުރުން އިންތިގެ ޓީމުގެ ކެމްޕޭނު މެނޭޖަރުވެސް ފައްޔާޒަށް މަރުހަބާ ދަންނަވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް