ފިލޭނެ ގޮތެއް ނެތުމުން އައްމަޓީ އަލުން ބަންދުކުރަން ހައިކޯޓުން ތާއީދެއް ނުކުރި

ސީލައިފް ގްލޯބަލްސްގެ ވެރިޔާ ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލައަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ. އައްމަޓީ ހައްޔަރު ކުރި ފަހުން ތިން ފަހަރު ކްރިމިނަލް ކޯޓު...

15 May 2022 | 09:23

ސީލައިފް ގްލޯބަލްސްގެ ވެރިޔާ ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލައަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.

އައްމަޓީ ހައްޔަރު ކުރި ފަހުން ތިން ފަހަރު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލި އިރު ދެ ފަހަރު އަލުން ބަންދު ކުރީ ހައި ކޯޓުގެ އަމުރަށެވެ. މިފަހަރު އަލުން ބަންދުކޮށްދިނުމުގެ މައްސަލައިގަ ހައި ކޯޓުން

ވަނީއަލުން ބަންދު ކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ނިނމާފަ އެވެ. މިގޮތަށް ނިންމީ ދައުލާތުން ކޯޓުގައި ބުނާގޮތަށް އައްމަޓީއަށް ފިލޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައިވާޣޮތުގައި އައްމަޓިގެ ޕާސްޕޯޓު އޮތީ މުއްދަތު ހަމަވެފައި އެވެ. އަދި އޭނާ ފުރުން މަނާކުރުމުގެ އަމުރެއް އޮތުމުންނާއި ޕާސްޕޯޓު އަލުން ހައްދަން އިމިގްރޭޝަންގައި އެދިއްޖެ ނަމަ އެކަން ކްރިމިނަލް ކޯޓަށް އަންގަން އަމުރެއް ނެރެފައި އޮތުމުން އައްމަޓީއަށް ރާއްޖެ ދޫކޮށް ދެވޭނެ ގޮތެއް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް