ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ އިސްކަންދަރު ބިލްޑިންގެ މަލްޓި ޕާރޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަލްއުސްތާޛް އަޙްމަދު ޝަކީލް ކަމަށެވެ.
ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ހިދުމަތާއި އަލަށް ގުޅުނު 74 މުވައްޒަފުން ހުވާކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރެއެވެ.
އޭގެ ތެރޭގައި ހިމެނެނީ 70 ފުލުހުންނާއި 4 ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުންނެވެ. ހުވާކުރުމަށްފަހު ހުވާގެ އިގުރާރުގައި މުވައްޒަފުން ސޮއިކޮށްފައިވެއެވެ.
ފުލުހުންނަށް ހުވާލައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ހިއުމަން ރިސޯސަސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒް އާއި ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް އާއި އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ބައިވެރިވެލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް