އިންޑިއާއިން ރާއްޖެއަށް ފުށް ގެނެވޭނެ، ހާއްސަ ހުއްދައެއް އެބައޮތް: ސަރުކާރު

އެކްސްޕޯޓު ކުރުން މަނާ ކުރިޔަސް އިންޑިއާގައި އުފައްދާ ފުށް ރާއްޖެއަށް ލިބުމުގައި އެއްވެސް ދަތިކަމެއް ނޯންނާނެ ކަމަށް ސަރުކާރުން ބުނެފި އެވެ. މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ނެރުނު ބަޔާނެއ...

15 May 2022 | 08:39

އެކްސްޕޯޓު ކުރުން މަނާ ކުރިޔަސް އިންޑިއާގައި އުފައްދާ ފުށް ރާއްޖެއަށް ލިބުމުގައި އެއްވެސް ދަތިކަމެއް ނޯންނާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފުށް އެކްސްޕޯޓު ކުރުން މަނާ ކުރީ ވަގުތީ ގޮތުން ކަމަށެވެ. މިގޮތަށް ނިންމީ އެ ގައުމުގައި ކާބޯތަކެތީގެ މައްޗަށް ދަތީ އެކަން ކޮންޓްރޯލް ކުރުމަށެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޗަން ޑިރެކްޓަރު މިއުވާން މުހައްމަދު "ދުވަސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ނިންމުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ނިންމުމުން ރާއްޖެއަށް އަސަރު ނުކުރާނެ ކަމަށާއި ކުރިޔަށް އޮތްތާ މިހާރެކޭ އެއްގޮތަށް އިންޑިއާއިން ފުށް ލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް