މާޅޮހު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 45 ޕަސެންޓު މަސައްކަތް ނިމިއްޖެ

އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މުޅި ޕްރޮޖެކްޓްގެ %45 މަސައްކަތް ވަނީ މިހާތަނަށް ނިމިފައި ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން މިއަދު ބުނީ މާޅޮހު ބަނދަރު ތަރައްޤީ ކުރުމުގެ މަޝް...

15 May 2022 | 07:13

އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މުޅި ޕްރޮޖެކްޓްގެ %45 މަސައްކަތް ވަނީ މިހާތަނަށް ނިމިފައި ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މާޅޮހު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތުގެ %61 މަސައްކަތް ވަނީ މިހާރު ނިމިފައި ކަމަށެވެ.

އަދި މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް ވަނީ މިއަހަރު މާރޗް މަސްތެރޭގައި ނިމިފައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މި މަޝްރޫޢުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް  މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މިއީ ޕްލޭނިން މިނިސްޓްރީގެ ފަަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ  56.9 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް