ގައުމުން ނާމާންކަން ފިލައިގެންދާން ގާތްވެއްޖެކަމުގެ އިހުސާސް ކުރެވެން ފަށައިފި: ޑރ. އިޔާޒް

ރާއްޖެއިން ނާމާންކަން ފިލައިގެންދާން ގާތްވެއްޖެކަމުގެ އިހުސާސް ކުރެވެން ފަށައިފިކަމުގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ. ޑރ. އިޔާޒް މިހެން ވިދާޅުވީ ރޭ ފަތިހު ކުރެއްވި ޓްވީޓެއ...

15 May 2022 | 06:20

ރާއްޖެއިން ނާމާންކަން ފިލައިގެންދާން ގާތްވެއްޖެކަމުގެ އިހުސާސް ކުރެވެން ފަށައިފިކަމުގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ ރޭ ފަތިހު ކުރެއްވި ޓްވީޓެއްގައެވެ.

މާތް ﷲ ހަމްދުކުރަމުން ފެއްޓެވި އެ ޓްވީޓްގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ގައުމުން ނާމާންކަން ފިލައިގެންދާން ގާތްވެއްޖެކަމުގެ އިހްސާސް ކުރެވެން ފަށައިފި ކަމަށާއި އިހްލާސްތެރިކަމާ ތެދުވެރިކަމާއެކު އެކަމަށްޓަކައި ގުރުބާންވެ ވަޑައިގެންނަވި އަބްތާލުންނަށް ހެޔޮ ޖަޒާ ދެއްވުން އެދޭކަމަށެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް ނަޝީދު ފެކްޝަން ބޮޑު ބައްޔަކުން ބަލިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ރައީސް ނަޝީދަކީ ލާދީނީ މީހެއްގެ ގޮތުގައި ބައެއް ދީނީ އިލްމުވެރިން ސިފަކުރާއިރު ޑރ. އިޔާޒްގެ މި ޓްވީޓް ރައްދުކޮށްފައިއެވަނީ އިއްޔެގެ އިންތިހާބުގެ ނަތީޖާއަށް ކަމުގައި ބެލެވެއެވެ.

https://twitter.com/dr_iyaz/status/1525613112384114689

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް