އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ހޯއްދެވި ކާމިޔާބަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ އިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ވާދަކޮށްގެންނެވެ.
އަދާލަތު ޕާޓީގެ ރައީސްކަން ކުރައްވަމުން ގެންދަވާ އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބައެއް ހާލަތްތަކުގައި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ މަސްލަހަތުތަކަކީ މުޅި ގައުމާއި ރައްޔިތުންގެ މަސްލަހަތާއި ގުޅުން ހުރި ކަންކަން ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކޯލިޝަން ޕާޓީތައްއެކުގައި މަސައްކަތްކޮށް ގައުމާއި ރައްޔިތުން ހެޔޮގޮތް ހޯދޭނެ ކަމަށެވެ.
https://twitter.com/ShimranAb/status/1525548226212143104
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް