ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން މި ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މި ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މި ސަމާލު ނެރެފައިވަނީ ހެނދުނު 08:15 އިން ފެށިގެން މެންދުރު 02:00 ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް