އެމްޑީޕީ އެތެރޭގެ އިންތިހާބުގެ އިއްޔެގެ ނަތީޖާއިން ފެނިގެން އެ ދިޔައީ 2023 ކާމިޔާބު ކުރުމަށްޓަކާ މުޅި އެމްޑީޕީ އެކުވެ އެއްސަފަށް އަރާ ސަރުކާރާ ގުޅިގެން އެމްޑީޕީ ހިންގާލުމަށް ޕާޓީގެ މެންބަރުން ނިންމި ވަރުގަދަ ޑިމޮކްރެޓިކް ނިންމުމެއްކަމުގައި ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ވާދަވެރި އިންތިހާބެއްގައި ޗެއާޕާސަންގެ މަގާމު އިއްޔެ ކާމިޔާބުކުރެއްވި ފައްޔާޒް އިސްމާއިލް މިހެން ވިދާޅުވީ ކާމިޔާބަށްފަހު ރޭގައި ނެރުއްވި ނޫސްބަޔާނެއްގައެވެ.
ވެހުނު ބޯވާރެއާއެކު، އެމްޑީޕީ މެންބަރުން ޕާޓީއަށާ ގައުމަށްޓަކާ އިންތިހާބަށް ނުކުމެ ބަންޑުންކޮށްލީ އެޕާޓީ އެކަމަކަށް އަބަދުވެސް ވަކާލާތުކުރާ ޑިމޮކްރަސީ އެންމެ ތާޒާ މިސާލު ކަމަށާއި ވާދަވެރި ކެމްޕޭނަކުން ފެށި، މެންބަރުން ގާތަށް ގޮސް، ކަންބޮޑުވުންތަކާ ހިޔާލާ މަޝްވަރާގެ މައްޗަށް ސިޔާސަތު ހެދި، މެނިފެސްޓޯއަކާއެކު ވޯޓުލާ ނިމި ނަތީޖާ ނެރެވިއްޖެ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
"މިއަދުގެ އިންތިހާބަކީ މުޅި އެމްޑީޕީ އޭގެ މައްޗަށް ބިނާވެ، ދުޅަހެޔޮ ޑިމޮކްރަސީގެ ވާދަވެރި ޕާޓްނަޝިޕް ހިނގާ ގޮތުގެ ނަމޫނާއެކެވެ. މިއީ 2023 ކާމިޔާބު ކުރުމަށްޓަކާ މުޅި އެމްޑީޕީ އެކުވެ އެއްސަފަށް އަރާ ސަރުކާރާ ގުޅިގެން އެމްޑީޕީ ހިންގާލުމަށް ޕާޓީގެ މެންބަރުން ނިންމި ވަރުގަދަ ޑިމޮކްރެޓިކް ނިންމުމެކެވެ. " އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އިއްޔެގެ ވޯޓަށް ނުކުމެވަޑައިގަތް މި ޕާޓީގެ ލޮބުވެތި އެންމެހާ މެންބަރުންނަށާ، ވާދަ ކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށް ޝުކުރުދަންނަވާކަމަށާއި އެމްޑީޕީ ހިންގާލަން ނުކުންނެވި ހިންގާލަން ޓީމަށް އައްސަރިބަހުން ސާބަސް ރައްދުކުރާކަމަށެވެ. އަދި މުޅިރާއްޖޭގެ ހެވާލާބައަށްޓަކާ އެމްޑީޕީއަށް އަބަދުވެސް ރަންރީނދޫ އުޖާލާ ފަތިސް ތަކުރާރުކުރެއްވުން އެދޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް