އިއްޔެއާއި ރެއަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އަނެއްކާވެސް އާ ސަފްހާތަކެއް ލިޔެވިގެންދިޔަ ދުވަހެކެވެ.
ބޮޑު ތަފާތަކުން އިމްތިޔާޒް ފަހުމީ އާއި ރައީސް ނަޝީދުގެ ފެކްޝަން ބަލިކޮށް ފައްޔާޒް އިސްމާއިލާއި ރައީސް ސޯލިހްގެ ފެކްޝަނުން ބޮޑު ކާމިޔާބެއް ހޯދި ދުވަހެވެ.
ހެނދުނު ނުވަޔަކުން ފެށިގެން ވޯޓުލުން ފެށިގެން ކުރިއަށްގޮސް ނަތީޖާ އިއުލާނުކުރަން ފެށުމާއި ނަތީޖާތައް ލިބެމުންދިޔަ ދިއުމާއި ފެނުނު ތަފާތު ނަތީޖާއާއެކު އިއްޔެ އެކުގައިހެން ދިޔައީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. މި ހަލަބޮލިކަމުގެ ތެރޭން ފެންމަތިވި އެންމެ ތަފާތު މަންޒަރަކީ މަތިން އެ ފެންނަ ފޮޓޯއެވެ.
ފޮޓޯއިން އެ ފެންނަނީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ހަސަން ލަތީފްގެ އިތުރުން މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓް އޮފީސް، މުހައްމަދު ޝިފާޒް ކަމުގައި ބެލެވެއެވެ.
މި ފޮޓޯ ސޯޝަލް މީޑިއާއަށް ރޭގެ ދަންވަރު ވަގުތެއްގައި ދޫކޮށްލީ ދިޔަރެސް ނޫހުގެ ކޯ ފައުންޑަރ އަދި ޗީފް އެޑިޓަރ އަހުމަދު އަޒާން އެވެ. ފޮޓޯގެ ކެޕްޝަނުގައި އަޒާން ލިޔެފައިވަނީ އިންތިހާބުން ބަލިވި ނަމަވެސް ރައީސް ނަޝީދުގެ އިންނެވީ އުފަލުންކަމުގައި ބެލެވޭ ކަމަށެެވެ.
މި ފޮޓޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެފައިވާއިރު ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ މިއީ އެޑިޓެއް ކަމަށެވެ. އެހެން ނަމަވެސް ފޮޓޯ ފޮރެންސިކްސް ކަހަލަ އެނަލައިޒް ޓޫލްސް ތަކުން ބަލާއިރު މިއީ އެޑިޓްކޮށްފައިވާ ފޮޓޯއެއް ކަމަށް ނުދައްކައެވެ. އަމިއްލަފުޅަށް އެކަން ތަޖުރިބާކޮށްލެއްވުމަށް އިމޭޖް އެޑިޓެޑް ޑޮޓް ކޮމް އަދި ފޮޓޯ ފޮރެންސިކްސް ޑޮޓް ކޮމް ހިޔާރުކުރެވިދާނެއެވެ.
https://twitter.com/axanner/status/1525548782947299329
ކޮންމެއަކަސް މި ފޮޓޯއަށް ފާޑުކިޔާ ހަޖޫޖަހާ މީހުން އެންމެ ބޮޑަށް ސުވާލު އުފައްދަނީ ފޮޓޯއިން ފެންނަ އެންމެ ބޭފުޅުންވެސް ބާތުރޯބުގައި ތިއްބެވިއިރު ބޫޓާއި ސްޓާކީނަށް އަރާފައި ތިބުމުންނެވެ.
މި ފޮޓޯގެ ސައްހަކަމާއިމެދު ފޮޓޯއިން ފެންނަކަމަށް ބެލެވޭ އެއްވެސް ބޭފުޅަކު އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް