އެޗްއީއޯސީއަށް މެޑިކަލް އޮފިސަރުންނާއި ނަރުހުން ހޯދަން އިއުލާނުކޮށްފި

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އަށް ވަގުތީ، 10 ނަރުހުންނާއި، ވަގުތީ 10 މެޑިކަލް އޮފިސަރުން ހޯދން އިއުލާނުކޮށްފިއެވެ. ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކޮވިޑް-19 އަށް ފައ...

15 May 2021 | 18:09

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އަށް ވަގުތީ، 10 ނަރުހުންނާއި، ވަގުތީ 10 މެޑިކަލް އޮފިސަރުން ހޯދން އިއުލާނުކޮށްފިއެވެ.

ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކޮވިޑް-19 އަށް ފައްސިވާ ފަރާތްތަކުގެ ތެރެއިން ގޭގައި ތިއްބަވާ ބަލިމީހުންނާއި ކޮންޓެކްޓްވެގެން ކަރަންޓީންކުރެވިފައިވާ ފަރާތްތަކަށް ނަރސިންގ ކެއަރ ދިނުމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ ރެޖިސްޓަރޑް ނަރުހުންނާއި މެޑިކަލް އޮފިސަރުން ބޭނުންވާކަމަށެވެ.

މުސާރައިގެ ގޮތުގައި މެޑިކަލް އޮފިސަރަކަށް ގަޑިއިރަކަށް 88.50ރ ކަމަށް ބުނެފައިވާއިރު ނަރުހުންނަށް ގަޑިއިރަކަށް ބުނެފައިވަނީ 61.26 ރުފިޔާއެވެ.

އެޗްއީއޯސީއަށް 10 މެޑިކަލް އޮފިސަރުންނާއި، 10 ނަރުހުން ހޯދަން އިއުލާނުކޮށްފައިވާއިރު ރާއްޖޭގެ ކަރަންޓީނު ފެސިލިޓީތައް ފުލްވެ، ޕޮޒިޓިވް މީހުން މިހާރު އެމީހަކު ދިރިއުޅޭ ގެއެއްގައިވެސް އަންނަނީ ކަރަންޓީނު ކުރަމުންނެވެ.

މެޑިކަލް އޮފިސަރުން ހޯދަން ކޮށްފައިވާ އިއުލާނު: https://dhuvas.mv/mofisaruniulaan

ނަރުހުން ހޯދަން ކޮށްފައިވާ އިއުލާނު: https://dhuvas.mv/naruhuniulaan

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް