މިދިޔަ24 ގަޑިިއިރުގެ ތެރޭގައި 341 މީހަކު ކޮވިޑުން ރަނގަޅުވެއްޖެއެވެ.
އެގޮތުން މިހާތަނަށް ރާއްޖޭގައި ކޮވިޑަށް ޝިފާ ލިބުނު މީހުންގެ އަދަދަކީ28،013 އެވެ. އެހެންކަމުން އިއްޔެ އެކަނިވެސް341 މީހުން ރާއްޖެއިން ކޮވިޑަށް ޝިފާލިބިފައި ވާނެއެވެ.
އިއްޔެ ކޮވިޑުން ރަނގަޅުވެފައި ވަނީ244 މީހުންނެވެ. އަދި މި މަހުގެ13 ވަނަ ދުވަހު މި އަދަދު އުޅެނީ305 ގައެވެ.
މި މަހުގެ 12 ވަނަ ދުވަހު 328 މީހުނަށް ކޮވިޑުން ޝިފާ ލިބިފައި ވެއެވެ.
އަދި އޭގެ ކުރީދުވަހު 248 މީީހުން ކޮވިޑް އިން ރަނގަޅު ވެފައިވާނެ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި މަހުގެ 10 ވަނަ ދުވަހު ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދަކީވެސް 248 އެވެ.
މި މަހުގެ9 ވަނަ ދުވަހު މި އަދަދު އުޅެނީ307 ގައެވެ.
ރާއްޖެއިން ގިނަ ބަޔަކު ކޮވިޑް އިން ޝިފާ ލިބެމުން ދާ ނަމަވެސް، މި ފަހަކަށް އަހިސް ކޮވިޑަށް ފައްސިވާ އަދަދު މިވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.
އެގޮތުން މިއަދު1007 މީހަކު ރާއްޖެއިން ކޮވިޑް19 އަށް ފައްސިވެފައިވެއެވެ. މި އަދަދާއެކު، ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 43،783 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 15،666 އަށް އަރާފައިވާއިރު ރާއްޖެއިން މިހާތަނަށް ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 94ށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް