ކޮވިޑު ފެތުރުން ހުއްޓުވުމަށް މި މަހުގެ ތިން ވަނަ ދުވަހު މުޅި ރާއްޖެއަށް އަޅާފައިވާ ފިޔަވަޅުތައް އިތުރު 14 ދުވަހަށް ދިގު ދަންމާލަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ނިންމަވައިފިއެވެ.
މި މަހުގެ ތިންވަނަ ދުވަހު މުޅި ރާއްޖެއަށް އެޅި ފިޔަވަޅުތަކަކީ:
- މާލެ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކްތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުން
- މާލެ ސަރަހައްދުގައި ކުޅިވަރު ކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުން
- މާލެ ސަރަހައްދުގައި ރޭގަނޑު 12 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުން (މި ނިންމުމުގެ ފަހުން މާލޭގެ ކާފިއު ވަގުތު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ވަނީ ބަދަލުކޮށްފައި)
- ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި މީހުން ދިއިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން (މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން)، *ކަރަންޓީނު މުއްދަތު ފަހުން ވަނީ 14 ދުވަހަށް ބަދަލުކޮށްފައި
- ހުއްދައާއެކު ޒަރޫރީ ބޭޏުންތަކަށް ފިޔަވައި ސިނާއީ މަސައްކަތް ކުރާ ރަށްރަށަށް ދަތުރުކުރުމާއި، އެ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން (ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން) * ކަރަންޓީނު މުއްދަތު ފަހުން ވަނީ 14 ދުވަހަށް ބަދަލުކޮށްފައި
- އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ފުރިހަމަކޮށް ޕީސީއާރު ޓެސްޓް ހެދުން
- ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑައިލުން
މިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް