އަދަދުތައް ހާހުގައި: މިއަދު 1007 މީހުން ފައްސިވި

ރާއްޖެއިން މިއަދު 1007 މީހުން ކޮވިޑް 19 އަށް ފައްސިވެއްޖެއެވެ. އެޗްޕީއޭއިން ބުނެފައިވާގޮތުގައި 1007 މީހަކު ފައްސި ވެފައިވާއިރު އޭގެތެރެއިން 793 މީހަކު ފައްސި ވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތަ...

15 May 2021 | 17:23

ރާއްޖެއިން މިއަދު 1007 މީހުން ކޮވިޑް 19 އަށް ފައްސިވެއްޖެއެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި 1007 މީހަކު ފައްސި ވެފައިވާއިރު އޭގެތެރެއިން 793 މީހަކު ފައްސި ވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން 183 މީހަކު ފައްސި ވެފައިވެއެވެ. މީގެ އިތުރުން ރިސޯޓްތަކުން 26 މީހަކު އަދި ލިވަބޯޑްސްއިން 5 މީހަކު ފައްސިވެފައި ވެއެވެ.

މި އަދަދާއެކު، ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 43،783 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 15،666 އަށް އަރާފައިވާއިރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދު މިވަނީ 260 އަށް އަރާފައެވެ.

މިދިޔަ24 ގަޑިއިރުގެ ތެރޭގައި3،159 ސާމްޕަލް ޓެސްޓުކޮށް،1007 ސާމްޕަލް ފައްސިވެފައިވާއިރު، މިދިޔަ24 ގަޑިއިރު ތެރޭގައި ކޮވިޑްގައި4 މީހުން ނިޔާވެފައި ވެއެވެ. އެހެންކަމުން ރާއްޖެއިން މިހާތަނަށް ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 94ށް އަރައިފިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް