ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން އަންނައިރު، މިހާރު ކޮވިޑަށް ޕޮޒިޓިވް 50އެއްހާ ޕޭޝަންޓުން އެބަތިބިކަމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު އަލީ މިހެން ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލްގެ ޑިޕާޓްމަންޓް އޮފް އޮބްސްޓްރެޓްރިކްސް އެންޑް ގައިނަކޮލޮޖީގެ ޕޯސްޓެއް ޓްވިޓާގައި ޝެއަރކުރައްވަމުންނެވެ.
އެ ޕޯސްޓްގައި ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވް ވާ ނުވަތަ ކޮވިޑަށް ޝައްކުވާ މާބަނޑު ފަރާތްތައް އެ ހޮސްޕިޓަލްގެ އޮބްޖީން އިމަޖެންސީ ރެސްޕޯންސް ނަމްބަރު 3308234 އަށް ގުޅުއްވުން އެދޭކަމަށެވެ.
"އަޅުގަނޑުމެންގެ ޑިއުޓީ ޑަކުޓަރު އެޓެންޑްވާނެ، އަދި ކުރިއަށްދާންވީގޮތް ބުނެދެއްވާނެ" އައިޖީއެމް ހޮސްޕިޓަލްގެ ޕޯސްޓްގައި ބުނެފައިވެއެވެ.
https://twitter.com/Moxamedalu/status/1393596222980583426
ޑރ. މުހައްމަދު އަލީ ވިދާޅުވެފައިވަނީ މާބަނޑު މީހުންގެ ކޭސްތަކުގެ އަދަދު 50 އާ ގާތަށް އަރާފައިވާއިރު އެކަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް