ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅުގެ ސީޓީ ސްކޭނެއް ހަދާފައިވާ ކަމަށާއި، ސްކޭންގެ ނަތީޖާ އައުމުން ފަރުވާ ފަށާނެ ކަމަށް އާއިލާއިން ބުނެފިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ޒަޚަމްތަކެއް ލިބި، އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު ޖަރުމަނުވިލާތަށް ފުރާވަޑައިގެންނެވީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭގޮތުން އާއިލާއާ ހަވާލާދީ ރާއްޖެއެމްވީގައި ރިޕޯޓުކޮށްފައި ވަނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ސްކޭންތައް ހަދާފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާ ފަށާނީ ސްކޭންތަކުގެ ނަތީޖާ ލިބުމުން ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލައިގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް