'ދިވެހިން ފަލަސްތީނާއެކު' އިވެންޓްގައި ގޭގައި ތިބެގެން ބައިވެރިވަމާ!

ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކޮށްދިނުމަށް މި މަހުގެ 18 ވަނަ ދުވަހު އިވެންޓް ކުރިއަށް ދާނެއެވެ. ނަމަވެސް މި އިވެންޓްގައި ބައިވެރިވާނީ ގޭގައި ތިބެގެންނެވެ. މީގެ ކުރިން ވެސް ދިވެހިން ފަލަސްތީނާއެ...

15 May 2021 | 14:47

ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކޮށްދިނުމަށް މި މަހުގެ 18 ވަނަ ދުވަހު އިވެންޓް ކުރިއަށް ދާނެއެވެ. ނަމަވެސް މި އިވެންޓްގައި ބައިވެރިވާނީ ގޭގައި ތިބެގެންނެވެ.

މީގެ ކުރިން ވެސް ދިވެހިން ފަލަސްތީނާއެކު މި ނަމުގައި އެކިއެކި ހަރަކާތްތައް ދިވެހިން ހިންގިއެވެ. ނަމަވެސް މިއީ ކޮވިޑްގެ ނުރައްކާތެރި ހާލަތެއްކަމުން، ގޭގައި ތިބެ މި ހަރަކާތް ކުރިއަށް ގެންދިއުން އެއީ މިހާލަތުގައި އެންމެ ބުއްދިވެރި ގޮތަށް ވާނެއެވެ.

'ދިވެހިރާއްޖެ ފަލަސްޠީނާއެކު' އިވެންޓް ކުރިއަށް ދާނީ މި މަހުގެ 18 ވާ އަންގާރަ ދުވަހުގެ 16:00 އިން18:00 އަށެވެ. އެ ވަގުތުގައި ގޭގެ ބެލްކަންޏަށް ނުކުމެ ފަލަސްޠީން އަދި ދިވެހި ދިދަ ވިހުރާލުމާ ދެއްވުމުން މި އިވެންޓްގައި ބައިވެރިވެވުނީއެވެ. އިވެންޓް އިންތިޒާމް ކުރާ ފަރާތުން އެދެނީ، ބެލްކަންޏެއް ނެތް ބޭފުޅުން، ގޭގެ ދޮރުމައްޗަށް ނުކުމެ ދިދަ ވިހުރާލަދެއްވުމަށެވެ.

https://www.facebook.com/events/204937341290163/?sfnsn=mo

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ރިޕޯޓުތައް ބުނާ ގޮތުގައި އެއްގަމު މަގުންނާއި ކަނޑުމަގުންނާއި ވައިގެ މަގުން އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 31 ކުޑަކުދިންނާއި 18 އަންހެނުން ހިމެނެއެވެ. އޭގެ އިތުރުން 800އަށްވުރެ ގިނަ މީހުންވަނީ ޙަމަލާތަކުގައި ޒަޚަމުވެފައެވެ. އަދި ޣައްޒާގެ ޢިމާރާތްތަކަށާއި އެނޫންވެސް ޢުމުރާނީ ވަޞީލަތްތަކަށާއި އުޅަނދުފަހަރަށްވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.

އެންމެ ފަހުން، ބައިނަލްއަޤްވާމީ މީޑީއާތަކުގެ އޮފީސްތައް ހުންނަ ޣައްޒާގެ ޓަވަރެއް އިސްރާއީލުން ބިމާއި ހަމަކޮށްފައިވެއެވެ. މި ޓަވަރަކީ ޣައްޒާގައި ހަރަކާތްތެރިވާ ހުރިހާ މީޑިއާތަކުން މައި މަރުކަޒުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އިމާރާތެވެ.

ޖާލާ ނަމަކަށް ކިޔާ މި ޓަވަރުގައި އަލްޖަޒީރާގެ އިތުރުން ބީބީސީއާއި އެސޯސިއޭޓެޑް ޕްރެސް ނިއުސް އޭޖެންސީއާއި މަޝްހޫރު ގިނަ ނޫސް އިދާރާތަކެއް ހިމެނެއެވެ. މީޑިއާގެ އިތުރުން ގިނަ އަދަދެއްގެ އާންމުންވެސް މި ޓަވަރުގައި ދިރިއުޅެމުން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް