މަޖިލީސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި އެމްއެންޑީއެފް އަދި ޕޮލިސްގެ އިންޓެލިޖެންސް ފެއިލްވެފައިވާކަމަށް ބުނަމުން އަންނަ މި ދަނޑިވަޅުގައި އިންޓެލިޖެންސްގެ އޮޑިޓެއް ހެދުމަށް ކޮމިޓީއެއް އެކުލަވާލައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރައީސް އޮފީސް އަދި އެޓާނީ ޖެނެރަލްގެ އޮފީސް ހިމެނޭހެން ޓީމެއް އެކުލަވާލައި ނެޝަނަލް އިންޓެލިޖެންސް މެކޭނިޒަމްތަކުގެ އޮޑިޓެއް ހެދުމަށް ރައީސް އަންގަވާފައިވާކަމަށެވެ.
މިކަމަށް ކޮމިޓީއެއް އެކުލަވާލެވި، އެ ކޮމިޓީގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި ކޮމިޓީގެ ހޯދުންތައް ސީދާ ރައީސާ ހިއްސާކުރަމުންދާނެ ކަމުގައިވެސް މަބްރޫކް ވިދާޅުވިއެވެ.
ރައިސް ނަޝީދަށް ދެވުނު އެ ހަމަލާއާއި ގުޅިގެން އިންޓެލިޖެންސްގެ އޮޑިޓެއް ހައްދަވާނެކަމުގައި ރައީސް ސޯލިހް ވަނީ ކުރިން ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް