ހަރުކަށި ފިކުރަށް ނިސްބަތްވާ ބައެއްގެ އަމަލުތަކުން ރާއްޖޭގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައިވާކަމީ ނުހަނު ކަންބޮޑުވާކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއިން އެމަނިކުފާނު ރަނގަޅުވަމުން އައި ނަމަވެސް އެމަނިކުފާނުގެ ފުރާނަފުޅަށާއި ދިވެހި ރައްޔިތުންނަށް އޮތް ނުރައްކާ ފިލާ ނުދާކަމަށެވެ.
އަދި ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ހިންގަމުންދާ މިފަދަ އަމަލުތައް، މަޖިލީހުގެ އިދާރާއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އަދި މިފަދަ އަމަލުތަކުން ރާއްޖޭގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައިވާތީ، މަޖިލީހުގެ އިދާރާއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މަޖިލިސް ބަޔާނުވައި ވާގޮތުން، ކުރީގެ ރައީސް ނަޝީދު މިހާރު ގެންދަވަނީ ޖަރުމަނުވިލާތުގައި އިތުރު ފަރުވާ ހޯއްދަވަމުންނެވެ. މި މަހުގެހަ ވަނަ ދުވަހުގެ ރޭ އެމަނިކުފާނަށް އަމާޒުކޮށް ދީފައިވާ ހަމަލާއާ ގުޅިގެން އޭޑީކޭގެ ޚާއްސަ ޓީމަކުން ވަނީ އެމަނިކުފާނަށް ފަރުވާދީފައެވެ. އަދި ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު ވަނީ އެ ޓީމްގެ ފަރާތުން ކިޔައިދެއްވާފައެވެ.
މަޖިލީހުން ނެރުނު ނޫސްބަޔާނުގައި ވަނީ، އެއީ ސީދާ ރައީސް ނަޝީދު އަވަހާރަކޮށްލަން ދީފައިވާ ހަމަލާއެއް ކަމަށެވެ. އަދި އެ ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް