ތޫފާން ޓައުޓޭގެ ސަބަބުން ރާއްޖެއަށް ކުރަމުންއަންނަ އަސަރު މިރެއިން ފެށިގެން ދަށްވާނެ: މެޓް

އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާއިރު، މި އުފެދުނު ތުފާން ޓައުޓޭގެ ސަބަބުން ރާއްޖެއަށް ކުރަމުން އަންނަ އަސަރު މިރެއިން ފެށިގެން ދަށްވާނެ ކަމުގައި މެޓް އޮފީހުން ބުނެފިއެވެ. ...

15 May 2021 | 11:56

އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާއިރު، މި އުފެދުނު ތުފާން ޓައުޓޭގެ ސަބަބުން ރާއްޖެއަށް ކުރަމުން އަންނަ އަސަރު މިރެއިން ފެށިގެން ދަށްވާނެ ކަމުގައި މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ތޫފާނު "ޓައުޓޭ" މިހާރު ހުރީ ހއ. ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 400 މޭލު ދުރުގައި ކަމަށެވެ.

"ތޫފާނު ދަތުރުކުރަމުންދާނީ އުތުރުހުޅަނގުއުތުރަށް ރާއްޖެއާއި ދުރަށް" މެޓް އޮފީހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މި ތޫފާނާ ގުޅިގެން ރާއްޖޭގެ ސަރަޙައްދަށް ޖެހެމުންދާ ގަދަވަޔާއި ވިއްސާރަ މިރެއިން މަޑުވާންފަށާނެ ކަމަށް ބެލެވޭކަމަށާއި ނަމަވެސް ހުޅަނގު މޫސުމުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް