މަނީ ލޯންޑްރިންގެ ތުހުމަތު 'ޗަމްޕާ ބްރަދާސް' އަށް

މަނީ ލޯންޑްރިންގެ ތުހުމަތުގައި ޖަވާބުދާރީވާން 'ޗަމްޕާ ބްރަދާސް' އަށް އެސެޓް ރިކަވަރީ ކޮމިޝަނުން އަންގައިފިއެވެ. ޗަމްޕާ ބްރަދާސް ކުންފުންޏަށް ތުހުމަތު ކޮށްފައި ވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސ...

15 May 2021 | 11:42

މަނީ ލޯންޑްރިންގެ ތުހުމަތުގައި ޖަވާބުދާރީވާން 'ޗަމްޕާ ބްރަދާސް' އަށް އެސެޓް ރިކަވަރީ ކޮމިޝަނުން އަންގައިފިއެވެ.

ޗަމްޕާ ބްރަދާސް ކުންފުންޏަށް ތުހުމަތު ކޮށްފައި ވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން ބައެއް، އެ ކުންފުންޏަށް ދޫކޮށްލފައިވާ މައްސަލައެކެވެ.

އެގޮތުނއ، ޚިޔާނާތުގެ ފައިސާގެ ބޮޑު ބައެއް ޖަމާކުރި އެސްއޯއެފް ކުންފުނިން، ޗަމްޕާ ބްރަދާސް ކުންފުންޏަށް ދޫކޮށްފައިވަނީ 3.5 މިލިއަން ޑޮލަރު ކަމަށް އެ ކުންފުންޏަށް ތުހުމަތު ކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން، ޗަމްޕާ ބްރަދާސްގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، ޖަވާބުދާރީވާން އެސެޓް ރިކަވަރީ ކޮމިޝަނުން އަންގާފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން، ޗަމްޕާ ބްރަދާސްއަށް ތުހުމަތު ކޮށްފައި ވަނީ 2014 އަދި 2015 ވަނަ އަހަރު އެ ކުންފުނިން ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން، ޗަމްޕާ ބްރަދާސްގެ އެކައުންޓްތަކަށް ޖަމާކޮށްފައިވަނީ ފައިސާގެ އަސްލު އޮޅުވާލައި، އެ ފައިސާއާ ގުޅޭ ހައްގުތައް ސިއްރު ކުރަންކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށެވެ.

ރެޑްވޭވް ވެސް ހިމެނޭގޮތަށް، އެސްއޯއެފްގެ ފައިސާ ޖަމާވި ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތަކަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ދޭން އަންގައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުން މަންފާވި ފަރާތްތަކުގެ ލިސްޓެއް އާއްމުކޮށްފައެވެ. މިއީ އެމްއެމްޕީއާރްސީން ވިއްކި ރަށްތަކާއި ފަޅުތަކުން ލިބުނު ފައިސާގެ ބޮޑު ބައެއް އެސްއޯއެފާއި އެހެން ބައެއް ކުންފުނިތަކުގެ އެކައުންޓަށް ޖަމާކޮށް ހިންގި ޚިޔާނާތުގެ ތެރެއިން މަންފާވި ފަރާތްތަކުގެ ގޮތުގައި ކޮމިޝަނުން ކަނޑައަލާާފއިވާ ފަރާތްތަކެކެވެ.

އޭގައި ސަރުކާރާއި ކުންފުނިތަކާއި ކޮމިޝަންތަކުގެ އިސް މީހުންނާއި ވިޔަފާރި ކުންފުނިތައް ވެސް ހިމެނެ އެވެ. ކޮމިޝަނުން ބުނެފައިވަނީ އެ ލިސްޓުގައިވާ އެންމެންނަކީ ޚިޔާނާތުގެ ބައިވެރިން ކަމަށް ބަލައިގެން ނުވާނެ ކަމަށާއި ތަހުގީގުކޮށް އިތުރަށް ބަލަންޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް